Diploma for Imaam

ތަޢާރަފް

އިމާމުކަމުގެ ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާއަށް ބޭނުންވާ ޢިލްމު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ތަފާތު ފެންވަރުތަކުގެ ކޯސްތައް މިހާރުވަނީ ފަރުމާކުރެވިފައެވެ. އެ ގޮތުން އިމާމް ޑިޕުލޮމާ ކޯހަކީ އެކަށީގެންވާ މަތީ ފެނަވަރަކަށް އިމާމްކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތައްޔާރުކޮށްފައިވާ ކޯހެކެވެ. މި ކޯހުގެ ސަބަބުން އިމާމް ކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ މަތީ ފެންވަރުގެ ޢިލްމު މި ކޯހުގެ ޒަރީޢާއިން ފޯރުކޮށްދެވޭނެއެވެ.
މި ކޯސް ފަރުމާކުރެވިފައިވަނީ މިރޮނގުން މިއަށްވުރެ މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ކަމަމަށް މަގުފަހިވާ ގޮތަށެވެ. މި ގޮތުން އިސްލާމްދީނުގެ ޢިލްމުގެ ތަޅުދަނޑި ކަމުގައިވާ ޢަރަބި ބަސް މި ކޯހުގެ މުހިންމު މާއްދާއެއްގެ ގޮތުގައި ހިމެނިފައިވާނެއެވެ.

ކޯހުގެ ލަނޑުދަނޑި:
ޙާޞިލުވާނޭ މިންވަރު:
ކޯހުގެ ހުލާސާ
ކޯހަށް ވަނުމުގެ ޝަރުތު
ކޯހުގެ މުއްދަތު
ކޯހުގެ ފީ

Related Articles