Certificate II in Arabic Language
ތައާރަފް
މި ކޯސް އެކުލަވާ ލެވިފައިވަނީ ޢަރަބި ބަހުގެ ޢިލްމުވެރިންނާއި ޢަރަބިބަހުގެ ރޮނގުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ ޚިޔާލު ހޯދައިގެންނެވެ. ކޯހުގެ މުޤައްރަރުތައް ތައްޔާރުކޮށްފައިވަނީ، އެ މުޤައްރަރާ ގުޅޭ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނެވެ. މުޤައްރަރުތައް ލިޔުމަށްފަހު އެ ޞައްޙަކަމަށް ނިންމާފައިވާނީ އެ މުޤައްރަރާ ގުޅޭ ޢިލްމާއި ތަޖުރިބާ ލިބިފައިވާ އެހެން ފަރާތެއްގެ ލަފާގެ މަތިންނެވެ.
މިކޯހުގެ މުޤައްރަރު ތައްޔާރު ކުރުމައްޓަކައި ބައެއް އިސްލާމީ ޔުނިވަރސިޓީތަކުގެ މުޤައްރަރުތައް ދިރާސާކުރެވުނެވެ.
މިކޯހުގެ މުޤައްރަރު ތައްޔާރު ކުރުމައްޓަކައި ތަފާތު މާއްދާގެ މައުޟޫޢުތަކާ ގުޅޭ ރެފަރެންސް ފޮތްތައް ބޭނުން ކުރެވުނެވެ. މިފޮތްތަކުގެ ލިސްޓް ވަކިވަކި މާއްދާގެ ރެފަރެންސް ލިސްޓުގައި ހިމެނިފައިވާނެއެވެ.
ކޯހުގެ ގޯލް
ދިރިއުޅުމުގައި ޢާއްމުކަން ކޮށް ފެންނަ ކަންތައްތައްތަކާ ތަކެއްޗަށް ޢަރަބި ބަހުން ކިޔާނަން އެނގުމާއި އެކު އަސާސީ ފެންވަރަކަށް ބަސް ބޭނުންކުރަން އެނގުން.
ބަހުގެ އެންމެ އަސާސީ ހަމަތަކާއި ޤަވާޢިދުތައް އެނގުމާއި އެކު، ދަސްވެފައިވާ ޤަވާޢިދާއި އެއްގޮތަށް ލިޔާށާއި ވާހަކަ ދައްކަން ފަރިތަވުން.
ޢާއްމު ދިރިއުޅުމާއި ގުޅޭ ގޮތުން ލިޔެފައިވާ މަޒްމޫނާއި ޑައިލޮގް ގެ އެހީގައި، ޢާންމުކޮށް ބޭނުންވާ ކަންކަމާ ގުޅޭ ޖުމްލަތައް، ތަޢުބީރު ކުރުމަށާއި ބަހުގެެ އަސާސީ ޤަވާޢިދުތަކާއި އެއް ގޮތަށް ބަސް ބޭނުން ކުރުން .
އިންޓަރނެޓާއި ލެންގުއޭޖް ލެބޯޓްރީ އަދި ކޮމްޕިއުޓަރުގެ ވަސީލަތް ބޭނުންކޮށްގެން، އަސާސީ ފެންވަރަކަށް ޢަރަބި ބަހުން ލިއުމާއި ކިއުމުގެ ހުނަރު ތަރައްޤި ކުރުން.
ޢަރަބި ބަހުން ކުރިން އެނގިފައިވާ މިންވަރު އިތުރަށް ފުޅާކުރުމުގެ ޤާބިލުކަން އިތުރުވުން.
ކޯހުން ހާސިލް ވާނެ މިންވަރު
މި ކޯސް ފުރިހަމަކުރާ ދަރިވަރުނނަށް، ދިރިއުޅުމުގައި ޢާއްމުކަން ކޮށް ފެންނަ ކަންތައްތައްތަކާ ތަކެއްޗަށް ޢަރަބި ބަހުން ކިޔާނަން އެނގި ، އާދައިގެ ޖުމްލަތަކުގެ ގޮތުގައި ތަޢުބީރުކުރަން އެނގޭނެއެވެ.
މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ޢަރަބި ބަހުގެ އަސާސީ ހަމަތަކާއި ޤަވާޢިދުތައް އެނގުމާއި އެކު، ދަސްވެފައިވާ ޤަވާޢިދާއި އެއްގޮތަށް ލިޔާށާއި ވާހަކަ ދައްކަން ދަސްވެ، ބަސް އިތުރަށް ދަސްކުރުމުގެ ހުނަރު އަށަގަންނާނެއެވެ.
ޢާއްމު ދިރިއުޅުމާއި ގުޅޭ ގޮތުން ލިޔެފައިވާ މަޒްމޫނާއި ޑައިލޮގް ގެ އެހީގައި މި ކޯސް ފުރިހަމަކުރާ ދަރިވަރުން، އަސާސީ ކޮށް ބޭނުންކުރާ ބަސްތައް ތަޢުބީރު ކުރުމަށާއި ޢަރަބި ބަހުން ކުރިން ދަސްވެފައިވާ އަސާސީ ޤަވާޢިދުތަކާއި އެއް ގޮތަށް ބަސް ބޭނުން ކުރުމުގެ އާދައިގެ ހުނަރު ލިބިގެންދާނެއެވެ.
މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އިންޓަރނެޓާއި ލެންގުއޭޖް ލެބޯޓްރީ އަދި ކޮމްޕިއުޓަރުގެ ވަސީލަތްތަކުގެ އެހީގައި ޢަރަބި ބަހުން ލިއުމާއި ކިއުމުގެ ހުނަރު ތަރައްޤި ކުރުމުގެ ޤާބިލުކަން ލިބުމާއިއެކު، އަމިއްލަ މަސައްކަތުން ޢަރަބިބަހުން ކުރިން އެނގިފައިވާ މިންވަރު އިތުރަށް ފުޅާކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
ކޯހުގެ ހުލާސާ
ކިޔަވައިދޭ މާއްދާ / ޔުނިޓުތައް
|
މާއްދާގެ ކޯޑު
|
ހަފްތާއަކުކިޔަވާދޭ ގަޑީގެ ޢަދަދު
|
ކޮންޓެކްޓް ގަޑި
|
އަރަނި ގަޑި
|
އަރަނި ޕޮއިންޓް
|
1
|
اللغة العربية للمرحلة الإبتدائية (2)
|
ARL21001
|
10
|
160
|
320
|
32
|
2
|
التدريبات اللغوية (2)
|
ARL21002
|
3
|
45
|
90
|
9
|
ކޯހުގެ މުޅި ޖުމްލަ
|
13
|
205
|
410
|
41
|
ކޯހަށް ވަނުމުގެ ފެންވަރު
- އިނިސްޓިޓިއުޓު އޮފް ހޯލީ ޤުރްއާން އިން ހިންގާ ޢަރަބި ކޯހުގެ ލެވެލް 1 ފުރިހަމަކޮށް ސަނަދު ޙާޞިލުކޮށްފައިވުން. ނުވަތަ؛
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ލެވެލް 1 ގެ ފެނަވަރުގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާޞިލުކޮށްފައިވުން.