ADTQ2016
ތައާރަޕް
އިންސްޓިޓިއުޓް އޮފް ހޯލީ ޤުރްއާނަކީ މައިގަނޑު ގޮތެއްގައި ދިވެހި އިސްލާމީ އުންމަތަށް ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށާއި އެ ޤުރްއާނުގެ އެކިއެކި ފަންނުތައް ދިވެހިންގެ މެދުގައި ކުރިއަރުވާ އާލާކުރުމުގެ މަޤްޞަދުގައި އުފެދިގެން އައި މުއައްސަސާއެކެވެ. އަދި މީގެ އިތުރުން ޤުރްއާނާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ޢިލްމުތައް ފެތުރުމަކީވެސް މި މަރުކަޒުގެ މަޤުޞަދުތެރޭގައި ހިމެނޭ މަތިވެރި އެއް މަޤުޞަދެވެ. މިގޮތުން އިސްލާމިކް ސްޓަޑީޒާއި އިސްލާމް މުދައްރިސުން އުފެއްދުމާއި އިމާމުން އުފެއްދުމަކީ ވެސް މި އިނިސްޓިޓިއުޓުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިނިސްޓިޓިއުޓް އޮފް ހޯލީ ޤުރްއާނުން ކިޔަވައިގެން ނުކުންނަ ކޮންމެ ދަރިވަރަކަށްވެސް ޤައުމީ ފެންވަރުގައި ބަލައިގަންނަ، މުޖުތަމަޢަށް ފައިދާހުރި، ސަނަދެއް ލިބުމަކީ، ދަރިވަރުންގެ ވަރަށް ބޮޑު އުންމީދަކަށް ވާނެއެވެ. އެ އުންމީދުތައް ޙަޤީޤަތަކަކށް ހަދަން މަސަކަތްކުރުމަކީ މި އިނިސްޓިއުޓުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ ގޮތުން މި އިނިސްޓިޓިއުޓުން މިހާރު ހިންގާ އެކި ލެވެލްތަކުގެ ކޯސްތަކުގެ އިތުރުން މިއަށްވުރެ މަތީ ސަނަދުތަކަށް ކިޔަވައި ދިނުމަށްޓަކައި އިނިސްޓިޓިއުޓް ކޮލެޖަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ފެށިފައެވެ.
ކީރިތި ޤުރްއާން ކިޔަވައިދޭ މުދައްރިސުން ބިނާކުރުމުގެ ދާއިރާއިން އެޑްވާންސް ޑިޕުލޮމާ ލެވެލް ގެ ކޯހެއް މި އިނިސްޓިޓިއުޓުން ތަޢާރަފުކުރީ، ސްކޫލް މަދަރްސާތަކުގައި ޤުރްއާން މާއްދާ ކިޔަވައިދިނުމަށް ނުކުންނަ ފަރާތްތަކަށް އިތުރު ޢިލްމާއި ޤާބިލުކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި ހަމަ އެހެންމެ ޤުރްއާން މުދައްރިސް ކަމުގެ ޑިޕުލޮމާ ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، އެލެވެލް ގެ މަތީގައި ހިމެނޭ ހަރުފަރަށް ވާޞިލުވެވޭނެ މަގު ކޮށައިދިނުމަށްޓަކައެވެ.
ިކޯހުގެ ލަޑުދަނޑި
ޙާޞިލުވާނޭ މިންވަރު:
ކޯހުގެ ހުލާސާ
ކޯހަށް ވަނުމުގެ ޝަރުތު
ކޯހުގެ މުއްދަތު
ކޯހުގެ ފީ